ކޯވިޑް-19: ދިވެހިރާއްޖޭން 207 ވަނަ މީހާ ނިޔާވެއްޖެ

ދިވެހިރާއްޖޭގައި ކޯވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ހޯމަ ދުވަހުގެ ރޭ 11:01 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރ...

22 Jun 2021 | 06:42

ދިވެހިރާއްޖޭގައި ކޯވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ހޯމަ ދުވަހުގެ ރޭ 11:01 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. މިއީ ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވި 207 ވަނަ މީހާއެވެ.

https://twitter.com/HPA_MV/status/1407221703290155013?s=19

ދިވެހިރާއްޖޭގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުން އަންނައިރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑްގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވީ މެއި މިދިޔަ މަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް