ރަށު ތެރޭގެ އަމަން ބެލެހެއްޓުމުގެ ކަންކަން ވަރުގަދަ ކުރަންޖެހޭ!

ރަށު ތެރޭގެ އަމަން ބެލެހެއްޓުމުގެ ކަންކަން ވަރުގަދަ ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވީ، ހުޅުމާލޭގައި ރަހީނުކޮށް ކ...

22 Jun 2021 | 05:56

ރަށު ތެރޭގެ އަމަން ބެލެހެއްޓުމުގެ ކަންކަން ވަރުގަދަ ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، ހުޅުމާލޭގައި ރަހީނުކޮށް ކުޑަކުއްޖަކު މަރާލި މައްސަލައެއް މެންމަތިވުމުން ކުރެއްވި ޓްވީޓެއްގައެވެ. ޝަހީމް ވިދާޅުވީ، މިފަދަ ޚަބަރުތަކުން ހިތްތަކަށް ހިތާމައާއި ބިރުވެރިކަން ވެރިވާ ކަމަށެވެ.

"މިފަދަ އަނިޔާވެރި ޢަމަލުތައް ހިނގިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަންޖެހޭ. ޚާއްޞަކޮށް ރަށުތެރޭގެ އަމަން ބެލެހެއްޓުމުގެ ކަންކަން ވަރުގަދަ ކުރަންޖެހޭ." ޝަހީމް ވިދާޅުވިއެވެ.

މި މައްސަލައިގައި، ފުލުހުން ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފެށީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް އާދީއްތަ ދުވަހު ހުށަހެޅުމުން ކަމަށެވެ. އަދި ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ރޭގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ދުވަހަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ފެނުނީ މަރާލުމަށްފަހު ފޮއްޓަކަށްލައި މޫދަށް އެއްލާލާފައި އޮއްވައެވެ. ނަމަވެސް މިކަން އަދި ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް