ތަމަޅަ ފިލްމް އިންޑަސްޓްރީ ކޮލީވުޑްގެ އެކްޓަރު ޖޯސެފް ވިޖޭ އަކީ އެންމެ ކާމިޔާބު ބަތަލުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
މިއަދު އުމުރުން 47 އަހަރު ފުރުނު ވިޖޭއަކީ އެކްޝަން އަދި ލޯބީގެ ފިލްމުތައް ކުޅުމުގައި މަޝްހޫރު ތަރިއެކެވެ. ބައެއް މީހުންނަށް ނޭނގޭ ހަގީގަތަކީ އިންޑިއާ އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި އިންޑިއާގެ ބޮލީވުޑަށް ވުރެ ކޮލީވުޑާއި ކޮލީވުޑްގެ ތަރިން މަޝްހޫރުވެފައި ތަމަޅަ ފިލްމުތައް ކާމިޔާބު ކަމެވެ.
އެގޮތުން ވިޖޭ އަކީ މުޅި ދުނިޔެއަށް މަޝްހޫރު، އަގުބޮޑު އަދި ނުފޫޒުގަދަ ފިލްމީ ތަރިި އެކެވެ. އޭނާގެ މިލްކިއްޔާތާއި ގުޅޭ މައުލޫމާތަކީ ވަރަށް ގިނަ މީހުން އެނގެން ބޭނުންވާ މައުލޫމާތުތަކެވެ
އޭނާ މިހާތަނަށް 60 އަށްވުރެ ފިލްމު ކުޅެފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވިޖޭގެ މިލްކިއްޔާތުގައި 410 ކްރޯޑު އިންޑިއަން ރުޕީސް އެބަހުއްޓެވެ. އޭނާއަށް ފިލްމާއި އިޝްތިހާރު ކުޅެގެން ކޮންމެ އަހަރަކު 100-120 ކްރޯޑް ރުޕީސް ލިބޭއިރު އެ އަދަދު މިހާރު އޭނާ ފިލްމު ކުޅެދޭ އަގު ބޮޑު ކުރުމުން ބޮޑުވެފައިވާނެ ކަމަށް ބެލެވެ އެވެ.
ވިޖޭ އަކީ މިހާރު ކޮލީވުޑްގައި އެންމެ ބޮޑު އަގުގައި ފިލްމު ކުޅެދޭ މީހާ އެވެ. އޭނާ މިހާރު ފިލްމެއް ކުޅެދޭ އަގަކީ 100 ކްރޯޑް ރުޕީސްއަށް ވާއިރު ކުރީގެ އެންމެ މަޝްހޫރު ތަޅަމަ ފިލްމު ކުޅުންތެރިޔާ ރަޖިނީކާންތް ފިލްމެއް ކުޅެދެނީ 90 ކްރޯޑް ރުޕީސް އަށެވެ.
އޭނާ އަކީ ވަރަށް ގިނަ ކުންފުނިތަކާއި މުބާރާތްތަކުގެ ބްރޭޑް އެމްބެސެޑަރުކަންވެސް ކުރާ މީހެކެވެ. އެގޮތުން ކޮކާ ކޯލާ، އިންޑިއަން ޕްރިމިއާ ލީގު ފޯ ޗެއްނާއީ ސުޕާ ކިންގްސް ފަދަ މުބާރާތްތަކުގެ ބްރޭޑް އެމްބެސެޑަރު ކަމުން އޭނާއަށް އާމްދަނީގެ ގޮތުގައި އަހަރަކު 10 ކްރޯޑު ރުޕީސް ލިބެ އެވެ.
ވިޖޭގެ އަމިއްލަ އަގުބޮޑެތި ކާރުތަކަށް ބަލާލަމާހެއްޔެވެ. އޭނާ އަތުގައި ހަ ކްރޯޑް ރުޕީސްގެ އަގުބޮޑު ރޯލްސް ރޯއިސް ގޯސްޓް ކާރަކާއި، 1.30 ކްރޯޑް ރުޕީސްގެ އަގު ބޮޑު އައުޑީ އޭ8 ކާރަކާއި، 75 ލައްކަ ރުޕީސްއަށް ގަނެފައި އޮތް ބީއެމްޑަބްލިއު ސީރީސް ފަހެއްގެ ކާރެއްގެ އިތުރުން 90 ލައްކަ ރުޕީސްގެ ބީއެމްޑަބްލިއު އެސް6 އާއި 35 ލައްކަ ރުޕީސްގެ އަހު ހުރި މިނީ ކޫޕާއެއް އޮވެ އެވެ.
ވިޖޭ އާއި ގުޅޭ އަނެއް ތަފާތު ވާހަކަ އަކީ އޭނާގެ އަންހެނުންގެ ވާހަކަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި 1999 ވަނަ އަހަރު ވިޖޭ ކައިވެނިކޮށްފައިވަނީ އެ އަހަރު އިނގިރޭސިވިލާތުގައި އޮތް ފިލްމު ޝޫޓިންއަކަށް ގޮސްގެން އުޅެނިކޮށް ދިމާވި އޭނާގެ ވަރަށް ވަރުގަދަ ސަޕޯޓަރަކާއި އެވެ.
ސަންގީތާ އާއި ވިޖޭގެ ކައިވެންޏަށް ދެ ކުދިން ލިބިފައި އެބަތިއްބެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް