ރަހީނުކޮށް މަރާލާފައި އޮއްވާ ރޭ ފެނިފައިވަނީ ގދ. މަޑަވެލީ ކުއްޖެއް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އަދިއްތަ ދުވަހު އެވެ. އެކުއްޖާ މަރާލާފައި އޮއްވަ ފެނިފައިވަނީ ރޭ ދަންވަރު 2:30 ހާއިރު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ ނަމަކީ ރާއިފް އަންވަރެވެ. އެކަމަކު އަދި ފުލުހުން ރަސްމީކޮށް މި މައުލޫމާތު ހާމައެއް ނުކުރެ އެވެ.
އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ މޫދުންނެވެ. މޫދުގައި ކުއްޖާ އޮތީ ފޮއްޓަކަށް ލާފަ އެވެ.
އެ ކުއްޖާގެ ހަޑިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
މި މައްސަލައިގަ ފުލުހުން ވަނީ ދެމީހަކު ހައްޔަރު ކޮށްފަ އެވެ. އެއީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް