މާފުށީގައި މިހާރު ކޯވިޑް ޖެހިފައި ހުރީ އެންމެ މީހެއް!

ކ. މާފުށީގައި މިހާރު ކޯވިޑް ޖެހިފައި ހުރީ އެންމެ މީހެއް ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ހާމަކޮށްފި އެވެ. އެ ރަށު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވުމުން ރަށް މޮނިޓަރިންގެ ހާލ...

22 Jun 2021 | 04:18

ކ. މާފުށީގައި މިހާރު ކޯވިޑް ޖެހިފައި ހުރީ އެންމެ މީހެއް ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ހާމަކޮށްފި އެވެ.

އެ ރަށު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވުމުން ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ރަށުގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި އެވެ.

މާފުށީ ސިއްހީ މަރުކަޒުގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުގައި މިހާރު އެ ރަށުގައި ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ އެންމެ މީހަކަށެވެ. އިއްޔެ އިތުރު މީހަކު ކޯވިޑަށް ޕޮސިޓިވްވެފައެއް ނުވެ އެވެ.

މާފުށީގައި ބަލި ފެތުރެން ފެށި ފަހުން މިހާތަނަށް 618 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފައި އެވެ.

މާފުށި އާންމު ހާލަތަށް ރުޖޫއަވަމުން ދާއިރު އެ ރަށް މޮނިޓަރިންގެ ހާލަތުން ނެގުމުގެ ކުރިން ރެންޑަން ސާމްޕަލް ނަގައި ޓެސްޓު ކުރުން ދޭތެރެ ދޭތެރެއިން ކުރިޔަށް ގެންދެ އެވެ. މޮނިޓަރިންއަށް ލީފަހުން އެ ރަށުން މިހާތަނަށް 2،734 ސާމްޕަލް ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ.

މާފުށީގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނީ އެ އަތޮޅު ހިންމަފުށްޓާއި، ޅ. ނައިފަރު އަދި އދ. މާމިގިއްޔާއި ބ. އޭދަފުށްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް