މާލޭގައި 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލައިފިއެވެ.
"މި މައްސަލައާއި ގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން، އެ ކުއްޖާ މަރާލާފައި އޮއްވާ ރޭ ދަންވަރު 2:38 ހާއިރު ވަނީ ފެނިފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފެށީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް އާދީއްތަ ދުވަހު ހުށަހެޅުމުން ކަމުގައި ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ރޭގައި ހައްޔަރުކޮށްފައިވާކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާ ފެނުނީ މަރާލުމަށްފަހު ފޮއްޓަކަށްލައި މޫދަށް އެއްލާލާފައި އޮއްވައެވެ. ނަމަވެސް މިކަން އަދި ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް