ކުރީގެ ރައީސް މައުމޫން އޭސީސީއަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންޓީ ކޮރަޕްޝަން ކޮމިޝަން އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލަކަށް ކުރިން ރައީސް މައުމޫން އައްޔަން ކުރެއްވި އަބްދުލް އަލީމް ވ...

22 Jun 2017 | 09:13

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންޓީ ކޮރަޕްޝަން ކޮމިޝަން އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލަކަށް ކުރިން ރައީސް މައުމޫން އައްޔަން ކުރެއްވި އަބްދުލް އަލީމް ވިދާޅުވީ މައުމޫން އޭސީސީއަށް ހާޒިރު ކުރަނީ 2007-2008 ގެ ތީމުގޭ އޮޑިޓް ރިޕޯޓާއި ގުޅިގެން ކަމަށެވެ. އޭސީސީން ރައީސް މައުމޫނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ އޮޑިޓް ރިޕޯޓާއި ގުޅިގެން ބަޔާނެތް ނަގަން ބޭނުންވާތީ ހާޒިރުވުމަށް އަންގާ ކަމަށެވެ.

ތީމުގޭގެ އޮޑިޓް ރިޕޯޓް މައްސަލާގައި ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ފާރިސް މައުމޫން ވެސް މީގެ ކުރިން އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

ފާރިސްއާއި ސުވާލުކުރީ ދައުލަތުން ކޮށްފައިވާ ހަރަދެއް އަނބުރާ ނުދައްކާ ކަމަށް ތުހުމަތުކުރެވިގެންނެވެ. މިމައްސަލަ އޭސީސީން ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ވަނީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވާފަ އެވެ. ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން ޕީޖީ އޮފީހުން ވަނީ އެމައްސަލަ އަނބުރާ ފުލުހުންގެ އިދާރާއަށް ފޮނުވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް