ކިމް ކާޑޭޝިއަން ތިން ވަނަ ދަރިއަކު ބޭނުންވެގެން ސަރޮގޭތް މަންމައެއް ހޯދަނީ!

ރިއަލިޓީ ޝޯތަކުން މަގޫބުލުކަން ހޯދާފައިވާ އެމެރިކާގެ ކިމް ކާޑޭޝިއަން އާއި ފިރިމީހާ ކަންޔާ ވެސްޓް ސަރޮގޭޓް މަންމައެއް ހޯދަން ފަށައިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ދެމަފިރިން ސަރޮގޭޓް މަންމައެއް ހޯދ...

22 Jun 2017 | 09:00

ރިއަލިޓީ ޝޯތަކުން މަގޫބުލުކަން ހޯދާފައިވާ އެމެރިކާގެ ކިމް ކާޑޭޝިއަން އާއި ފިރިމީހާ ކަންޔާ ވެސްޓް ސަރޮގޭޓް މަންމައެއް ހޯދަން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ދެމަފިރިން ސަރޮގޭޓް މަންމައެއް ހޯދަނީ ތިން ވަނަ ދަރިއަކު ބޭނުންވެގެންނެވެ. މިހާރު އެ ދެމީހުންގެ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު އެބަ ތިއްބެވެ.

އެކަމަކު ދެން ބަލިވެ އިންނަށް ބޭނުންވިޔަސް ކާޑޭޝިއަން ދެން ބަލިވެ އިނދެއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެކަމަށް ޑޮކްޓަރުން ލަފާދީފައިވާކަމަށް އޭނާ ވަނީ ބުނެފައި އެވެ. ކިމް ކާޑޭޝިއަން މިހާރު ވަނީ ސަރޮގޭޓް މަންމަ އަކު ހޯދަން އެޖެންސީ އަކާއި ވާހަކަ ދައްކާފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިކަމަށް އޭނާ 113.850 ޑޮލަރު ހަރަދު ކުރާނެ އެވެ. ސަރޮގޭޓް މަންމައަށް އެމީހުން ދޭންޖެހެނީ 10 މަހަށް 45.000 ޑޮލަރެވެ. އަދި 68 ހާހަށްވުރެ ގިނަ ޑޮލަރު އެޖެންސިއަށް ދައްކަން ޖެހެ އެވެ.

ކިމް ކާޑޭޝިއަން ބޭނުންވާ ސަރޮގޭޓް މަންމެގެ ކިބައިގަ ޝަރުތުތަކެއް ހަމަވާންޖެހެ އެވެ. އެމީހާ އަކީ ބަނޑުބޮޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމާއި ރާބޯ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހަކަށް ވެގެން ނުވެ އެވެ. އެމީހަކީ ރޯ މަސް ކާމީހަކަށްވެސް ވާންޖެހެ އެވެ.

ސަރޮގޭޓް ކުރުމަކީ އެއްބަސްވުމެއްގެ ދަށުން އަންހެނަކު ބަލިވެ އިނދެގެން ވިހެއުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް