ބަދުއަހުލާގީ އަމަލު ހިންގަން ތިބި ކަމުގެ ތުހުމަތުގައި ބަޔަކު އިހަވަންދޫއިން ހައްޔަރުކޮށްފި

ހއ. އިހަވަންދޫ ފަޅު ގެއެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަން ތިބި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ހ...

22 Jun 2017 | 07:43

ހއ. އިހަވަންދޫ ފަޅު ގެއެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަން ތިބި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މީގެ އިތުރުން ފުލުހުން ރޭ ވަނީ އިހަވަންދޫގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައި އެވެ.

ފުލުހުން ބުނީ މި ހަމީހުންވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އެ ރަށުގައި މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އިސްމާއިލް އުމަރުގެ މަރަށް ފަހު ފުލުހުންގެ ހާއްސަ ޓީމުތަކެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް