ކޮންމެ ގަޑިއެއްގައި ލުއިކޮށް ތައްޔާރުކޮށްލެވޭ އެކައްޗަކީ ސޭންޑްވިޗެކެވެ.
އެކަމަކު ކާން ސޭންޑްވިޗް ތި ހަދަނީ އަދި ރަނގަޅަކަށް ނޫނެވެ. ސޭންޑްވިޗް ހަދަން ތި ބޭނުން ކުރާ ޕާނާއި ތަރުކަރީކޮޅަކާއި، ބިހާއި، ޗީޒް ތިއަޅާވަރަކީ ހަށިގަނޑަށް ބޮޑެތި ގެއްލުންވާނެ މިންވަރެކެވެ. އާންމުކޮށް ކާން ހަދާ ސޭންޑްވިޗް ނުވަތަ ވިއްކަން ހަދާފައި ހުންނަ ސޭންޑްވިޗް ކައިގެން ހިތުގެ މައްސަލަތައް ޖެހުމާއި ކޮލެސްޓްރޯލް މައްޗަށް ދިއުން ފަދަ ސިއްހީ މައްސަލަތައް ދިމާވާނެ އެވެ.
ސިއްހަތަށް ފައިދާވާނެ ގޮތަކަށް ސޭންޑްވިޗެއް ހަދާލަން ބޭނުންނަމަ ވިސްނަންވީ މި ކަންކަމަށެވެ.
ވީހަވެސް މަދުން ފެޓް އެކުލެވޭ އެއްޗެހި ސޭންޑްވިޗްގައި ހިމެނުން
ރޯ ތަރުކާރީ އެޅުމުގެ ބަދަލުގައި ކައްކާ މަޑުކޮށްފައި ހުންނަ ތަރުކަރީ އެޅުން
އަޅާ މަހުގެ ބާވަތްތައް ތެލުލާލުން
ވީހާވެސް މަދުން ލޮނު ބޭނުން ކުރުން
ބޭނުން ކުރަންވީ ބްރައުން ބްރެޑެވެ.
ކޮންމެ ދުވަހަކު ރޯފިލުވަފައި ހުންނަ 1.5 ގްރާމްގެ ފަތްޕިލާވެއްޔާއި ތަރުކާރީ ކެއުމުން ތިން ހަފްތާ ތެރޭގައި 10 ޕަސެންޓު ކޮލެސްޓްރޯލް މަދުކޮށްދޭނެ އެވެ. ހަފްތާއަކު ދެ ފަހަރު ކަނޑު މަހުގެ ބާވަތްތައް ކެއުމުގައި ބޭނުން ކުރުމުން ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަވެ، ހަމަށް ޖެހޭ ބަލިތަކުގެ އިތުރުން ހުޅުތައް ވަރުގަދަވެ އެވެ.
ސިއްހީ ތަޖުރިބާކާރުން ގަބޫލު ކުރާ ގޮތުގައި ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ކޮންމެ ދުވަހަކު ހަދާލެވޭ ސޭންޑްވިޗަކުން މިހުރިހާ ފައިދާއެއް ހަށިގަނޑަށް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް