ފިތުރު އީދު ބަންދާ ދިމާކޮށް އަތޮޅުތަކަށް ފުރާ އޮޑި ދޯނި ފަހަރު ބަލާ ފާސްކުރަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުން ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި މާލޭ ނޯތު ހާބަރުން ފުރާ އުޅަނދުތައް ބަލާ ފާސްކުރަން ރޭ ފަށާފައިވާ ކަމަށެވެ. މި ޕްރޮގްރާމް މުޅި ރާއްޖޭގައި ކުރިޔަށް ގެންދާނެ ކަމަށާއި ސިފައިންގެ އޭރިއާތައް ގައިމް ކޮށްފައިވާ ސަރަހައްދުތަކުގައި އެ އަތޮޅުތަކުގައި ދުއްވާ އުޅަނދުތައް ބަލާ ފާސްކުރާނީ އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ސިފައިން ކަމަށެވެ.
މި ޕްރޮގްރާމްގައި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމާއި، އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލާނެ އެވެ.
މި ޕްރޮގްރާމްގައި ކަނޑުމަތިންވެސް އުޅަނދު ހުއްޓުވާ ބަލާ ފާސް ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ކޮންމެ އަހަރެއްގެވެސް އީދު ބަންދަކީ ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން ދަތުރުކުރާ ދުވަސްވަރަކަށްވާތީ ކޮންމެ އީދަކާ ދިމާކޮށް ކޯސްޓްގާޑުން މި ޕްރޮގްރާމް ކުރިއަށް ގެންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް