މިއަހަރުގެ އޯގަސްޓްމަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ނުވަ ބައި އިލެކްޝަނަކަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހއ. ދިއްދޫ ކައުންސިލާއި، ހއ.މުރައިދޫ ކައުންސިލާއި، ހދ.ނާވައިދޫ ކައުންސިލާއި، ށ. ކަނޑިތީމު ކައުންސިލާއި، ނ.ހެނބަދޫ ކައުންސިލާއި، ކ.މާފުށީ ކައުންސިލާއި، ތ.މަޑިފުށީ ކައުންސިލާއި، މ. އަތޮޅު ކައުންސިލްގެ ބައިއިލެކްޝަނަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ މުއްދަތު 25 ޖޫން ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:45 އާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިގޮތަށް ހަމަޖެއްސީ މި ބައި އިލެކްޝަންތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ފެންނާތީ ކަމަށް ކޮމިޝަންގެ އިއުލާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް