ސިޔާސީ ހަތް ޕާޓީއަކަށް ފައިސާ ދޫކޮށްފި

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ހަތް ޕާޓީއަކަށް ފައިސާ ދޫކޮށްފި އެވެ. މިކަމާ ގުޅޭގޮތުން އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށ...

22 Jun 2015 | 09:03

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ހަތް ޕާޓީއަކަށް ފައިސާ ދޫކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ނ)ގައިވާ އިޖުރާއުތައް ފުރިހަމަކޮށްފައިވާ ހަތް ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފައިވާކަމަށެވެ.

މިގޮތުން ފައިސާ ދޫކޮށްފައިވާ ހަތް ސިޔާސީ ޕާޓީއަކީ އެމްޑީޕީއާއި ޑީއާރުޕީ އާއި އަދާލަތު ޕާޓީ އާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްގެ އިތުރުން އެމްޑީއޭ ކަމަށްވެސް އިލެކްޝަންސް އިން ބުނެ އެވެ.

އެ ކޮމިޝަނުން އިތުރަށް ބުނީ ޕާޓީތަކަށް ފައިސާ ދޫކުރުމަށްޓަކައި ފޮނުވަންޖެހޭ ލިޔެކިޔުންތައް މިއަދު ފިނޭންސް މިނިސްޓްރީއަށްވެސް ފޮނުވާފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް