އދ.ގެ ސެކެޓްރީ ޖެނެރަލް ބަން ކީ މޫން އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވާރާޖް ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
އެމެރިކާގައި އިއްޔެ އޮތް ބައްދަލުވުމުގައި ބަންއާއި ސުޝްމާ ވަނީ ރާއްޖޭގެ އިތުރުން ސަރަހައްދީ މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެން އުޅުއްވާ ސުޝްމާ އާއި ބާން ކީމޫންގެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން އދ. އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ދެ ބޭފުޅުން ސަރަހައްދީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން ޕާކިސްތާނާއި ނޭޕާލް އަދި ބަންގްލަދޭޝްއާ ގުޅުންހުރި މައްސަލަތައް ހިމެނޭ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި، އެކަމުގައި އިންޑިއާއިން އިސްނަގައިގެން ދައުރެއް އަދާ ކުރުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
އިންޑިއާގެ ހާރިޖީ ވަޒީރު އެމެރިކާއަށް ވަޑައިގެންނެވީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް