ޖީ އެން ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމު ކޮށްފި އެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހަކީ، 2015 ޖޫން 14 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ، ޖީއެން ސައިކަލެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޙާޟިރުކޮށް ސުވާލުކުރަން ބޭނުންވެ، މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރު ކުރެވިފައިނުއިވާ މީހެއް ކަމަށެވެ.
https://youtu.be/QsDYj2RitJE
ވީޑީއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މަޢުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަންގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް