އިޒްރޭލުގެ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޒަހަމް ވެއްޖެ

ފަލަސްތީނުގެ ޖޭރުއްސަލެމް އަށް ވަންނަން އުޅުނު ފަލަސްތީނުގެ ރައްޔިތަކު އިޒްރޭލު ސިފައިންގެ މީހެއްގެ ގަޔަށް ވަޅިން ހަމަލާދިން ކަމަށްބުނެ އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔި...

22 Jun 2015 | 06:26

ފަލަސްތީނުގެ ޖޭރުއްސަލެމް އަށް ވަންނަން އުޅުނު ފަލަސްތީނުގެ ރައްޔިތަކު އިޒްރޭލު ސިފައިންގެ މީހެއްގެ ގަޔަށް ވަޅިން ހަމަލާދިން ކަމަށްބުނެ އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޒަހަމްވެއްޖެ އެވެ.

އިޒްރޭލުގެ މެގަން ޑޭވިޑް އެޑޮމް އެމްބިއުލެންސް ހިދުމަތުން ބުނެފައިވަނީ ވަޅީގެ ހަމަލާ އަމާޒުވި ސިފައިންގެ މީހާއާއި ބަޑީގެ ހަމަލާ އަމާޒުވި ފަލަސްތީނުގެ ރައްޔިތު މީހާގެ ހާލުވެސް ސީރިއަސް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުމީހާ ވަޅިން ހަމަލާދީފައިވަނީ އިޒްރޭލު ސިފައިންގެ މީހެއްގެ ކަރަށް ކަމަށްވެސް އެމްބިއުލެންސް ހިދުމަތުން ބުނެ އެވެ.

މިދިޔަ އަހަރުގެ ޖުލައި އަދި އޯގަސްޓް މަހުގައި 50 ދުވަހަށް ދިގުދެމިގެންދިޔަ ހަމަލާތަކަށްފަހު އަނެއްކާވެސް ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު ގޯސްވެފައިވާކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

50 ދުވަހަށް ދެމިގެންދިޔަ އެ ހަމަލާތަކުގައި ފަލަސްތީނުގެ 2200 މީހުން މަރުވި އެވެ. އިޒްރޭލުން މަރުވީ އެންމެ 73 މީހުންނެވެ. ހަމަލާތަކުގެ ގާޒާއަށް ލިބުނު ގެއްލުމުގައި 160000 ގެ ހަލާކުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް