އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އައިސީޔޫގައި ފަރުވާ ދެނީ

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ އެކަކަށް އައިސީޔޫގައި ފަރުވާދެމުން އެބަދެ އެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އެކަކަށް ފަރުވާދެމުން އަން...

22 Jun 2015 | 06:15

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ އެކަކަށް އައިސީޔޫގައި ފަރުވާދެމުން އެބަދެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އެކަކަށް ފަރުވާދެމުން އަންނައިރު ދެ ޒުވާނަކަށް އަނިޔާވީ ދުއްވާފައިދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ވެއްޓިގެންނެވެ. އައިސީޔޫގައި ފަރުވާދެމުން އަންނަ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ އައްޑޫ ނޫސްތަކުގައި ބުނެފައި ވެއެވެ.

އައްޑޫ ހިތަދޫގައި ރޭވެސް އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. ރޭގެ އެކްސިޑެންޓްގައިވެސް ދެމީހަކު ޒަހަމްވި އެވެ. ރޭގެ އެކްސިޑެންޓްގައި ޒަހަމްވި ދެމީހުންނަށް ފަރުވާދީފައިވާކަމަށްވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް