ވައިގެމަގުން އެތެރެކުރަން އުޅުނު 3.6 ކިލޯގެ ޑްރަގް އަތުލައިގެންފި – މަގުމަތީ އަގު 7.2 މިލިޔަނަށް އަރާ

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނެފައިވާގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ،  ވައިގެ މަގުން ރާއްޖެ އެތެރެކ...

22 May 2025 | 16:48

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނެފައިވާގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ،  ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާގުޅިގެން މިރޭ އެ ޝިޕްމެންޓް ބަލައި ފާސްކުރުމަށް ހިންގުނު ޚާއްސަ އޮޕަރޭޝަނެއްގެ ތެރޭގައެވެ.

"އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން މެތަމްފެޓަމައިން (Methamphetamine) އަށް ވަނީ ޕޮޒިޓިވް ވެފައި، މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 3.6 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ" ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައިކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް