މޯލްޑިވްސް އެކްސްޕޯ 2025ގެ ގޯލްޑް ޕަރޓްނަރަކަށް ދިރާގު

މޯލްޑިވްސް އެކްސްޕޯ 2025 ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ. މިއީ، އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން ބާއްވާ އިވެންޓެކެވެ. މި ...

22 May 2025 | 16:33

މޯލްޑިވްސް އެކްސްޕޯ 2025 ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

މިއީ، އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން ބާއްވާ އިވެންޓެކެވެ. މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަން އަދި އުފެއްދުންތަކާއި ހިދުމަތްތައް ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.

މި އެކްސްޕޯގެ އެންމެ ފާހަގަކޮށްލެވޭ ފެނިލުމަކަށް ވެގެންދާނީ ކޮންމެ އަހަރަކު ވެސް ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒެވެ. މި މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހީންގެ އަތްތެރި މަސައްކަތްތަކާއި އެހެނިހެން ހުނަރުވެރި މަސައްކަތްތައް ފެނިގެންދާނެއެވެ.

23 އިން 31 މޭ ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ދިރާގުން ދަނީ އެކި ދާއިރާތަކުގައި ދިވެހިން ކުރިއަރުވައި، ދިވެހީންގެ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެންމެ ކުރީސަފުގައި ބައިވެރިވެ އެއްބާރުލުންދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް