މިދިޔަ މަހު 113 ވަރި - ގިނައީ އަމިއްލައަށް ވަރިވާން ހުށަހަޅާ މައްސަލަތައް

ނިމިދިޔަ އޭޕްރީލް މަހު 113 ވަރި ކޮށްދީފައިވާކަމުގައި ފެމިލީ ކޯޓުން ބުނެފިއެވެ. އެ ކޯޓުން މިހެން ބުނެފައިވަނީ މިއަދު ހާމަކުރި، އޭޕްރީލް މަހުގެތަފާސް ހިސާބުގައެވެ. އެ ތަފާސްހިސާބަށް ބަލާއިރު އޭޕްރީލް މަ...

22 May 2025 | 16:25

ނިމިދިޔަ އޭޕްރީލް މަހު 113 ވަރި ކޮށްދީފައިވާކަމުގައި ފެމިލީ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިހެން ބުނެފައިވަނީ މިއަދު ހާމަކުރި، އޭޕްރީލް މަހުގެތަފާސް ހިސާބުގައެވެ.

އެ ތަފާސްހިސާބަށް ބަލާއިރު އޭޕްރީލް މަހު 181 ކައިވެނި ކޮށްދީފައިވެއެވެ.

ވަރީގެ މި ޢަދަދަކީ މާރިޗް މަހާ އަޅާބަލާއިރު 100 އިންސައްތަ އިތުރު ޢަދަދެކެވެ.

އޭޕްރީލް މަހުގެ ވަރީގެ މައްސަލަތަކުގެ ތަފާސްހިސާބަށް އިތުރަށް ބަލައިލާއިރު

ވަރި ސާބިތު ކުރުމަށް

  • މާރިޗް މަހުގެ ބާކީ – 20
  • އަލަށް ހުށަހެޅުނު – 60
  • ނިންމި – 55
  • ނުނިމި – 25

ވަރި ކުރުމަށް

  • މާރިޗް މަހުގެ ބާކީ – 31
  • އަލަށް ހުށަހެޅުނު – 31
  • ނިންމި – 30
  • ނުނިމި – 32

ވަރިވުމަށް

  • މާރިޗް މަހުގެ ބާކީ – 97
  • އަލަށް ހުށަހެޅުނު – 60
  • ނިމުނު – 68
  • ނުނިމި – 89

މި ޢަދަދުތަކަށް ވަކިވަކިން ބަލައިލާއިރު ގިނައީ އަމިއްލައަށް ވަރިވާން ހުށަހަޅާ މައްސަލަތައްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް