ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު އެމަގާމުން ވަކިކޮށްފިއެވެ.
މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން ދެންމެ ބުނެފައިވަނީ އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހްމަދު ޒުހޫރު އެ މަގާމުންނާއި އެޗްޑީސީގެ ބޯޑު ޑިރެކްޓަރުކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ.
އެޗްޑީސީގެ ޗެއާމަންކަމަށް ޒުހޫރު ހަމަޖެއްސީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގައެވެ.
ޒުހޫރު އެ މަގާމުން މިފްކޯގެ ސީއީއޯ ކަމުން ސަމާހު އިއްޔެ ވަކިކޮށްފައިވެއެވެ. އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަމުން ފާތިމަތު ތައުފީގު (ކުޑީ) މިއަދު ވަނީ ވަކިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް