މިރޭގެ މޫސުމަށް ބަލައިލާއިރު މިރެއަކީވެސް ވިއްސާރަ އަދި ވަޔާއި ކަނޑުވެސް ވަރަށް ގަދަ ރެއެއްކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މާދަމާގެ އިރު އެރުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އުތުރާއި މެދުރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބއެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ބުނެފައިވެއެވެ.
"ހުޅަނގާއި ހުޅަނގު އުތުރުން، އުތުރުގެ އަތޮޅުތަކަށް އަދި ހުޅަނގުދެކުނާއި ހުޅަނގުން މެދުރާއްޖެއަށް 20 މޭލާއި 30 މޭލާއިދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިރޭ ކަނޑުތަކަށް ބަލައިލާއިރު އާންމުގޮތެއްގައި ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށް މެޓުން ބުނެފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތް ފޫޓާއި 10 ފޫޓާއި ދެމެދުގައެވެ.
މީގެ އިތުރުން ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭތީވެ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް