މަޖިލިސް ރައީސަކަށް އަދުރޭ، ނައިބުރައީސަކަށް ނާޒިމް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގ...

22 May 2024 | 14:13

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމް އިންތިހާބުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.

ރައީސް މި ހުށަހެޅުއްވުން ހުށަހަޅުއްވާފައިވަނީ ވެރިކަންކުރާ ޕީއެންސީގެ އިންތިހާބީ މަޖިލިސް މެންބަރުންނާއެކު މުލިއާގޭގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ.

ރައީސްގެ މި ހުށަހެޅުމާ އެއްގޮތަށް އިންތިހާބީ މެންބަރުން އެއްބަސްވެވަޑައިގެންފައިވާއިރު ރައީސާގެ ނައިބުރައީސްގެ އިތުރުން ޕީޖީ ލީޑަރު ކަމާއި ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރު ކަމާއި ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި އިންތިހާބީ އިތުރު ތިން މެންބަރަކު ކަނޑައެޅުއްވުމަށްވެސް ރައީސް ނިންމެވިއެވެ.

އެގޮތުން ޕީޖީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހުގެ ނަން ރައީސް ހުށަހެޅުއްވިއިރު ސީނިއާ ޑެޕިއުޓީ ލީޑަރުގެ ގޮތުގައި ބާރަށު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ޝުޖާއި، ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ވިލިމާލެ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިސްމާއިލް އާއި މަހިބަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ތޯރިގު އާއި ހުޅުދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ޝާހިދުގެ ނަން ރައީސް ހުށަހެޅުއްވިއެވެ.

20 ވަނަ މަޖިލިސް ހުވާކުރުން އޮންނާނީ 28 ވާ އަންގާރަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް