ކުޅިވަރާބެހޭ ވުޒާރާގެ ނައިބަކު ސަސްޕެންޑުކޮށްފި

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނައިބު ވަޒީރަކު ސަސްޕެންޑުކޮށްފިއެވެ. އެ ވުޒާރާގެ ނައިބު ހުސެއިން ޝިފާޒް ސަސްޕެންޑު ކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. އެނގިފައިވާގޮތުގައި އޭނާ ސަސްޕެންޑ...

22 May 2024 | 11:20

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނައިބު ވަޒީރަކު ސަސްޕެންޑުކޮށްފިއެވެ.

އެ ވުޒާރާގެ ނައިބު ހުސެއިން ޝިފާޒް ސަސްޕެންޑު ކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

އެނގިފައިވާގޮތުގައި އޭނާ ސަސްޕެންޑުކޮށްފައިވަނީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވުމުންނެވެ. އެހެންނަމަވެސް ހިލާފުވީ ކޮންކަމެއްކޮށްގެންކަން ސާފެއް ނޫނެވެ.

މިދިޔަ މަހުގެ 24ގައި އެ މަގާމަށް އައްޔަންކުރި ޝިފާޒް ސަސްޕެންޑްކޮށްފައިވާއިރު ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ތިން ނައިބަކު މުސާރަ ހިނގާގޮތަށް ސަސްޕެންޝަންގައި އެބަތިއްބެވެ.

ޝިފާޒް ސަސްޕެންޑުކުރީ މުސާރަ ހިނގާގޮތައްކަން ނޫންކަންވެސް ސާފެއްނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް