މިދުވަސްވަރު ދަތުރު ދިޔުމާއި މޫދަށް ދިއުން މަޑުޖައްސާލަން ފުލުހުން އިލްތިމާސްކޮށްފި

މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން ފަޅު ރަށްރަށަށް ދަތުރު ދިޔުމާއި މޫދަށް އެރުން މަޑުޖައްސާލަން ފުލުހުން އިލްތިމާސްކޮށްފިއެވެ. އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ދަތުރު ކުރަން މަޖުބޫރު ހ...

22 May 2024 | 09:07

މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން ފަޅު ރަށްރަށަށް ދަތުރު ދިޔުމާއި މޫދަށް އެރުން މަޑުޖައްސާލަން ފުލުހުން އިލްތިމާސްކޮށްފިއެވެ.

އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ދަތުރު ކުރަން މަޖުބޫރު ހާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުތަކުގައި ދަތުރު ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ފަޅު ރަށްތަކަށް ދަތުރު ދިޔުމާއި، މޫދަށް އެރުން މަޑުޖައްސާލަން ޖެހޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މޫސުން ވަރަށް ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އޮރެންޖު ސަމާލުވެސް ނެރެފައެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް