މިއަދުގެ ތިންވަނަ އޮރެންޖު އިންޒާރު !

މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ޅ އަތޮޅުން ފެށިގެން ވ އަތޮޅަށް މޯލްޑިވްސް މެޓްރޮލޮޖިކަލް ސަރވިސް (މެޓް އޮފީހުންު)  އޮރެންޖު އެލާޓު ނެރެފިއެވެ. އޮރެންޖު އެލާޓް ނެރެފައިވަނީ މިއަދުގެ މެންދުރު12...

22 May 2024 | 08:51

މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ޅ އަތޮޅުން ފެށިގެން ވ އަތޮޅަށް މޯލްޑިވްސް މެޓްރޮލޮޖިކަލް ސަރވިސް (މެޓް އޮފީހުންު)  އޮރެންޖު އެލާޓު ނެރެފިއެވެ.

އޮރެންޖު އެލާޓް ނެރެފައިވަނީ މިއަދުގެ މެންދުރު12:00 އިން ފެށިގެން ހަވީރު16:00 ގެ ނިޔަލަށެވެ.

މެޓުން ބުނީ، ބޯކޮށް ވާރޭވެހި ،ގަޑިއަކު34 މޭލާއި40 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު60 މޭލަށް ވައިގަދަވެ،ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ މިއަދު އޮރެންޖު އިންޒާރު ނެރުނު ތިންވަނަ ފަހަރެވެ.

މޫސުން ގޯސްވުމުމާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކުން ދަނީ މޫސުމަށް ރައްކާތެރިވެ ކަނޑުދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް