ސީއީއޯކަމުން ވަކިކުރި ސަމާހު ސްޓޭޓް މިނިސްޓަރު ކަމަށް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމުން އިއްޔެ ވަކި ކުރި އަހުމަދު ސަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައް...

22 May 2024 | 08:38

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމުން އިއްޔެ ވަކި ކުރި އަހުމަދު ސަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.

ސަމާހު އެ މަގާމަށް އައްޔަންކޮށްފައިވަނީ މިއަދުން ފެށިގެންނެވެ.

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ސަމާހު އައްޔަންކޮށްފައިވާއިރު މިފްކޯގެ ސީއީއޯކަމުގައި ހުންނަވަނިކޮށް މާރިޗް މަހު ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން، އެންމެ ފުރަތަމަ ސަމާހު ސަސްޕެންޑު ކުރިއެވެ. އަދި މަހެއްހާ ދުވަހަށް ދެމިގެންދިޔަ އެ ސަސްޕެންޝަނަށްފަހު ސަމާހު ސީއީއޯގެ މަސްއޫލިއްޔަތާ ހަވާލުވެލެއްވީ ނިމިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ.

މިފްކޯގެ ސީއީއޯގެ މަގާމުން ސަމާހު ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް