އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުކަމުން ކުޑީ ވަކިކޮށްފި !

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފާތިމަތު ތައުފީގު (ކުޑީ) ވަކިކޮށްފައިވާކަމަށް މިހާރުން ރިޕޯޓްކޮށްފިއެވެ. އެ ނޫހުގައި ރި...

22 May 2024 | 08:31

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފާތިމަތު ތައުފީގު (ކުޑީ) ވަކިކޮށްފައިވާކަމަށް މިހާރުން ރިޕޯޓްކޮށްފިއެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ނޫހަށް އެކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ކުޑީ އެ މަގާމަށް އައްޔަންކުރެއްވީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

ކުޑީ މަގާމުން ވަކިކޮށްފައިވާއިރު އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން ޖަނާހު ވަނީ ޗެއާޕާސަންގެ މަގާމުން އިއްޔެ އިސްތިއުފާ ދީފައެވެ. އަދި އެ އިސްތިއުފާ ބަލައިގަނެ އެ މަގާމުން އޭނާ ވަކިކޮށްދީފައިވާކަމަށް ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް