ބަންގާޅު ކަނޑުގައި ލޯ ޕްރެޝަރު އޭރިއާއެއް އުފެދިއްޖެ: އިންޑިއާ މެޓު

ބޭ އޮފް ބެންގާލް (ބަންގާޅު ކަނޑު)ގައި ލޯ ޕްރެޝަރު އޭރިއާއެއް މިއަދު އުފެދިފައިވާކަމަށް އިންޑިއާގެ މޫސުމާއިބެހޭ އިދާރާ އިންޑިއާ މީޓީއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނެފިއެވެ. ސޯޝަލް މީޑިއާގައި މި މައުލޫމާ...

22 May 2024 | 08:08

ބޭ އޮފް ބެންގާލް (ބަންގާޅު ކަނޑު)ގައި ލޯ ޕްރެޝަރު އޭރިއާއެއް މިއަދު އުފެދިފައިވާކަމަށް އިންޑިއާގެ މޫސުމާއިބެހޭ އިދާރާ އިންޑިއާ މީޓީއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި މި މައުލޫމާތު ހިއްސާކުރަމުން އިންޑިއާގެ މެޓުން ބުނެފައިވަނީ މި ލޯ ޕްރެޝަރު އުފެދިފައިވަނީ ބަންގާޅު ކަނޑުގެ ހުޅަނގުން މެދުތެރޭގައި ކަމަށާއި މި ލޯ ޕްރެޝަރު ބަންގާޅު ކަނޑުގެ އިރު ދެކުނަށް ދަތުރުކޮށް މާދަމާގެ ހެނދުނުގެ ވަގުތެއްގައި ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށެވެ.

ކޮޅިގަނޑަކަށް ބަދަލުވާއިރު ހުންނާނެ ކަމަށް ބެލެވެނީ ބަންގާޅު ކަނޑުގެ މެދުތެރެއެއްހާ ހިސާބުގައި ކަމަށާއި އަދި ކޮޅިގަނޑުގެ ބާރު އިތުރުވަމުން ދަތުރުކުރަމުންދާނީ އިތުރަށް އިރު ދެކުނަށް ކަމަށްވެސް ބުނެފައިވެއެވެ.

ހަމަ މިއާއެކު ރާއްޖޭގެ ބައެއް ސަރަހައްދުތައް ހިމެނޭހެން ކޮމޮރިން އޭރިއާއާއި ބަންގާޅު ކަނޑުގެ ދެކުނާއި އަރަބި ކަނޑުގެ ދެކުނާއި އަންޑަމަން އަދި ނިކޮބަރ އައިލެންޑްސް ހިމެނޭ ސަރައްދުވެސް ހިމެނޭހެން ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެފައިވާކަމަށްވެސް އިންޑިއާގެ މެޓުން މިއަދު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް