ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާލުކޮޅު ރަނގަޅުކަމުގެ ޔަޤީންކަން ވަލީޢަޙުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އެ ޤައުމުގެ ރައްޔިތުންނަށް އަރުވައިފިއެވެ.
މި ޔަޤީންކަން ވަލީއަޙުދު އެރުވީ ޖިއްދާގައި އިއްޔެ ކުރިއަށްދިޔަ ވަޒީރުންގެ ބައްދަލުވުމުގައެވެ.
އާލާސްކަންފުޅެއްގައި ސަލްމާން ރަސްގެފާނު އެނދުމަތި ކުރެވުނުކަން ސަޢޫދީ ޕްރެސް އޭޖެންސީ އިން އިއުލާނުކޮށްފައިވަނީ އާދީއްތަ ދުވަހުގައެވެ.
ސަޢޫދީ ޕްރެސް އޭޖެންސީން ބުނެފައިވާގޮތުގައި ޖިއްދާގައި ހުންނަ ދަ ރޯޔަލް ކްލިނިކްސް އޮފް އަލް-ސަލާމް ޕެލެސްގައި ސަލްމާން ރަސްގެފާނު އެނދުމަތި ކުރެވުނީ ހުން ގަދަވެ ހުޅުތަކުގައި ރިއްސާތީ ޓެސްޓްތަކެއް ކުރުމަށާއި ފަރުވާ ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް