ހުޅުމާލޭގައި ގްރޫޕަކުން ހަމަލާދިން ފުލުސް މީހާއަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އެ ފުލުސް މީހާގެ ގައިގަ ތަޅައިގަނެ މާރާމާރީ ހިންގީ ރޭގެ ވަގުތެއްގައި އެވެ. މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދާފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ.
މި މައްސަލައިގަ ފުލުހުން ހަތަރު މީހަކު ރޭ ހައްޔަރު ކުރި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު މިއަދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ. އެކި މީހުންނަށް މުއްދަތު ޖަހާފައި ވަނީ އެކި ދުވަހަށެވެ.
އެގޮތުން މި މައްސަލައިގަ ހައްޔަރު ކުރި21 އަހަރުގެ މީހާގެ ބަންދަށް15 ދުވަސް ޖަހާފައިވާއިރު33 އަހަރުގެ މީހާގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ.44 އަހަރުގެ ދެމީހުންގެ ބަންދަށް ޖަހާފައިވަނީ ހަތް ދުވަހެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުލުސް މީހާ އަކީ ގެއްލިގެން ހޯދައިދޭން ރިޕޯޓުކޮށްފައި އޮތް ދޫންޏެއް ހޯދަން ހަރަކާތްތެރިވި ފުލުހެކެވެ.
މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް