ގެއްލިގެން މިއަދު ފުލުހުން ހޯދަން އިއުލާނު ކުރި ކުއްޖާ އަމިއްލައަށް ގެއަށް ގޮސްފި އެވެ.
ހޯދަން އިއުލާނު ކުރީ ޅ. ކުރެންދޫ ހުދުފަޅުގެ އުމުރުން17 އަހަރުގެ އަބްދުލް ނާފިއު އިބްރާހިމް އެވެ. އެ ކުއްޖާ ގެއްލިގެން ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރީ ރޭގެ ވަގުތެއްގައި އެވެ.
ފުލުހުން ބުނީ ކުއްޖާ ފެނުނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އެ ކުއްޖާ ފެނުނީ އަމިއްލައަށް ގެއަށް ދިއުމުންނެވެ.
ގެއަށް ދިޔައިރު ނާއިފްގެ ހާލު ރަނގަޅު ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް