ކޯވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން އެމީހާ މަރުވެފައިވަނީ މިދިޔަ ހަފްތާގައި އެވެ. އެއާއި އެކު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 315 އަށް އަރާފައި އެވެ.
އެޗްޕީއޭއިން މިހާރު ދަނީ ކޮންމެ ހަފްތާއަކު ކޯވިޑް ޖެހޭ މީހުންގެ މައުލޫމާތު އާންމު ކުރަމުންނެވެ. އެންމެ ފަހުން މިބަލީގައި މީގެ ހަފްތާއެއް ކުރިން މީހަކު މަރުވެފައިވެ އެވެ.
މިހާރު ކޯވިޑް ބަލީގައި މަރުވާ މީހުންގެ އިތުރު މައުލޫމާތު އާންމުއެއް ނުކުރެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ހަފްތާގައި ކޯވިޑް ޖެހިފައިވަނީ 36 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރެއިން ބަލި ޖެހުނު 11، މާލެއިން 18 އަދި އެހެނިހެން ރަށްތަކުން ހަތް މީހުންނެވެ.
ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ ނުވަ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް