ބީއެމްއެލް ކޮމިއުނިޓީ ފަންޑު މިއަހަރު އެހީ ލިބޭ ޕްރޮޖެކްޓްތައް އިއުލާނު ކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފިއެވެ. ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަ...

22 May 2023 | 12:51

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފިއެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މި ގޮތުން ހޮވުނު ދިހަ ޕްރޮޖެކްޓަކީ:

  1. ކުޑަކުދިންގެ ސްކޭޓް ޕާކު ތަރައްގީ ކުރުން - ރ.ދުވާފަރު، ޕްރޮޖެކްޓް ހުށަހެޅީ ދުވާފަރު ޒުވާނުންގެ ޖަމިއްޔާ
  2. ބެލިނިވެރިންނާއި ދަރިވަރުންނަށް މަޑުކޮށްލައިގެން ތިބޭ ހިޔާވާ ތަނެއް ގާއިމްކުރުން- ޏ. ފުވައްމުލައް، ޕްރޮޖެކްޓް ހުށަހެޅީ ދަޑިމަގު ޒުވާނުންގެ ޖަމިއްޔާ
  3. އޮޅަމަތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްގީކުރުން - ގދ. ހޯޑެއްދޫ، ޕްރޮޖެކްޓް ހުށަހެޅީ ހޯޑެއްދޫ ސްޕޯޓްސް
  4. ދޯދި ޕިކްނިކް އަދި ކޭމްޕިންގ ސަރަހައްދު ގާއިމްކުރުން - ބ. ދަރަވަންދޫ، ޕްރޮޖެކްޓް ހުށަހެޅީ ދަރަވަންދޫ އެކުވެރި ޒުވާނުން
  5. ތިނަދޫ ކުޅި ތަރައްގީކުރުން - ގދ. ތިނަދޫ، ޕްރޮޖެކްޓް ހުށަހެޅީ ހުވަދޫ ސްއިމިންގ ކްލަބް
  6. މުލަކު ސްކޫލުގައި ރީޑިންގ ޕާކެއް ގާއިމްކުރުން - މ. މުލަކު، ޕްރޮޖެކްޓް ހުށަހެޅީ ކޮމިއުނިޓީ އެންޕަވަރމަންޓް ލިންކޭޖް (ސެލް)
  7. ހާބަރުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން - ލ. ކުނަހަންދޫ، ޕްރޮޖެކްޓް ހުށަހެޅީ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕް (ކިންގް)
  8. ނެއްލައިދޫ ސްކޫލަށް ކުޅިވަރު ސާމާނު ފޯރުކޮށްދިނުމާއި ތަމްރީން ދިނުން - ހދ. ނެއްލައިދޫ، ޕްރޮޖެކްޓް ހުށަހެޅީ ފަޓޯ ސްޕޯޓްސް އެކަޑަމީ
  9. އައްޑޫ އަތޮޅުގެ ރައްޔިތުންނަށް އޯޝަން އެޑިއުކޭޝަން މައުލޫމާތު ދިނުން - ސ. ހިތަދޫ، ޕްރޮޖެކްޓް ހުށަހެޅީ މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމް
  10. ބަނދަރުގައި ހިޔާއެއް ތައްޔާރުކުރުމާއި ފާހާނާ ހެދުން- –ސ. ފޭދޫ، ޕްރޮޖެކްޓް ހުށަހެޅީ އައްޑޫ އިކޯ ކްލަބް

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް