ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހައްޔަރު ކޮށްފި އެވެ.
އެމީހާ ފިލީ ރޭގެ ވަގުތެއްގައި ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި ހުއްޓަ އެވެ. އޭނާ ގެންދިޔައީ މަސްތުވާތަކެތީގެ މައްސަލަ އެއްގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެމީހާ މިއަދުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހު އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުރި މީހަކުވެސް ފިލާފައިވެ އެވެ. އެމީހާ ފުލުހުންގެ ބަންދުގައި ހުރީ ޝަރިއަތް ނިމެންދެން މަސްތުވާތަކެތީގެ މައްސަލަ އެއްގައި އެވެ.
އެމީހާ ފެނުނީ ރަސްދޫ ކައިރީގައި އޮންނަ ރަށެއްގެ ފަޅު ތެރެއިން އަނެއް ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް