ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ ނޯޓިސް ފޮނުވައިފި އެވެ.
އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ކަނޑުވިއްކުމާއި ދެކޮޅަށް އުފައްދާފައިވާ ކޯލިޝަންގެ މެމްބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމް، ޕީއެންސީ، ޖޭޕީ، އެމްއެންޕީ އަދި އަލަށް އުފައްދަން އުޅޭ ދަ ޑިމޮކްރެޓިކަށް ތާއިދު ކުރައްވާ މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދުގެ ޖަލްސާ ފައްޓަވަމުން ވިދާޅުވީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން14 ދުވަހުގެ ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. ޝާހިދަށް ނޯޓިސް ފޮނުވީ އިއްޔެ ކަމަށް ވިދާޅުވި އެވެ.
ޝާހިދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ރާއްޖޭގެ މަސްލަހަތު ގެއްލޭގޮތަށް ރިޝަވްަތު ނަގައިގެން ޗާގޮސް މައްސަލައިގަ ވަކާލާތު ކުރި ކަމަށް ބުނެއެވެ. އަދި ރާއްޖޭގެ ކަނޑުން ބައެއް އޭގެ ސަބަބުން ގެއްލިފައިވާ ކަމަށް ބުނެފައިވެ އެވެ.
ރިފްއަތުއަށް ނޯޓިސް ފޮނުވީ މިމަހުގެ16 ވަނަ ދުވަހު އެވެ. އަދި އޭނާއަށް ޖަވާބުދާރީވުމަށް ދޭން ނިންމާފައިވަނީ30 މިނެޓެވެ.
އިދިކޮޅުން ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހަޅާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް