ޗައިނާގެ ނަން އިސްލާހުކޮށް، އަލުން މަޖިލީހަށް ސިޓީ ފޮނުވައިފި

ޗައިނާގެ ނަން އިސްލާހުކޮށް ސަފީރަކު އައްޔަން ކުރުމަށް ފޮނުވި ސިޓީ އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައ...

22 May 2023 | 07:16

ޗައިނާގެ ނަން އިސްލާހުކޮށް ސަފީރަކު އައްޔަން ކުރުމަށް ފޮނުވި ސިޓީ އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ "ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެ އިން ކަނޑައަޅާ ސަފީރު ކަމަށް ހުދާ އަލީ ޝަރީފް އައްޔަން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރިޕަބްލިކް އޮފް ޗައިނާ އަކީ ޓައިވާނަށް ނިސްބަތް ކުރާ ނަމެވެ. ޓައިވާނަކީ ޗައިނާއިން ކޮންޓްރޯލް ކުރާ އަމިއްލަ ދ މިނިވަން ކަމަށް ދައުވާ ކުރާ ގައުމެކެވެ. މި މައްސަލައިގަ ޗައިނާއިން ހިތްހަމަ ނުޖެހުމުން ދިވެހި ސަރުކާރުން ވަނީ މައާފަށް އެދިފައި އެވެ.

އަދިި މިއަދު ކުށް އިސްލާހުކޮށް މަޖިލީހަށް އަލުން ފޮނުވި ސިޓީގައި ވަނީ ޗައިނާގެ ނަން ރަނގަޅުކޮށްފައި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، ރައީސްގެ ސިޓީފުޅުގައި އެ ގައުމުގެ ނަން މިހާރު ވަނީ "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" އަށް ބަދަލު ކުރައްވާފައި ކަމަށެވެ. އަދި ޖެހުނު ކުށް އިސްލާހު ކުރައްވައި އާ ސިޓީފުޅެއް މަޖިލިހުގެ އިދާރާ އަށް ފޮނުއްވާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

ޓައިވާނަށް އދ. އިން މިނިވަން ދައުލަތެއްގެ ދަރަޖަ ނުލިބުނަސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި 15 ގައުމަކުން ގަބޫލުކުރެ އެވެ. އެކަމަކު މި ފަހުން ވެސް ރާއްޖެ އިން ވަނީ ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން އަދިވެސް ދަމަހައްޓާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް