ހުޅުމާލެއިން 17 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެއްކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. ހޯދަމުންދަނީ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދ...

22 May 2023 | 07:02

ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެއްކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ހޯދަމުންދަނީ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ) އެވެ.

ފުލުހުން ބުނެފައިވާގޮތުގައި ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން  އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

"ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ޢަބްދުއްނާފިޢު އިބްރާހިމް ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ނާފިޢު ހޯދިފައެއް ނުވެއެވެ." ފުލުހުން ބުނެފައިވެއެވެ.

ޢަބްދުއްނާފިޢު އިބްރާހިމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9310707 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް