ރޭގެ ވަގުތެއްގައި މާލޭގެ ފިހާރަޔަކުން ވައްކަން ކުރި މީހަކާއި އެ މީހާ ހިފަހައްޓައި އެމީހާގެ ގައިގާ ދަވާދު އުނގުޅި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.
އެގޮތުން މިއަދު ފުލުހުން ބުނީ މާފަންނުގައި ހުރި ފިހާރަޔަކުން ވައްކަންކުރި މީހަކު ހިފަހައްޓައިގެން އުޅޭކަމަށް ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓް ކުރި ކަމަށާއި ނަމަވެސް އެ ސަރަހައްދަށް ދިޔައިރު އެމީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާކަމަށެވެ.
"ސީސީޓީވީ ފުޓޭޖްތައް ބަލައި، ވައްކަން ކުރި ކަމަށް ބެލެވޭ މީހާއާއި އޭނާއާއިމެދު އަމަލުކުރި މީހުން ދެނެގަތުމުގެ މަސައްކަތް މިދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ހިފަހައްޓައި އެމީހާގެ ގައިގާ ދަވާދު އުނގުޅާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް