އެމްޑީޕީއަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ގެއްލިއްޖެ

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ގެއްލިއްޖެ އެވެ. މިދިޔަ ހަފްތާގައި އެ ޕާޓީގެ 12 މެމްބަރަކު އަމިއްލައަށް ވަކިވެފައިވާއިރު އިތުރު މެމްބަރަކު ވަނީ އެ ޕާޓީން ވ...

22 May 2023 | 06:30

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ގެއްލިއްޖެ އެވެ.

މިދިޔަ ހަފްތާގައި އެ ޕާޓީގެ 12 މެމްބަރަކު އަމިއްލައަށް ވަކިވެފައިވާއިރު އިތުރު މެމްބަރަކު ވަނީ އެ ޕާޓީން ވަކިކޮށްފައި އެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ރިޔަސަތުން ބުނެފައިވަނީ އަމިއްލައަށް ވަކިވި މެމްބަރުން އަމިއްލަފުޅަށް މަޖިލީހަށް އެންގުމުން ނޫނީ ދަފްތަރުން އުނި ނުކުރާނެ ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީސް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން 12 މެންބަރުން އުނި ކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންގާފައިވާ ކަމަށާއި އެ މެންބަރުން ވެސް ޕާޓީން ވަކިވެފައިވާ ކަން މަޖިލީހުގެ އިދާރާ އަށް އަންގާފައިވާ ކަމަށެވެ.

އެ ބަދަލާ އެކު، އެމްޑީޕީގެ ދަފްތަރުން އެ މެންބަރުންގެ ނަން އުނިވެ، އަމިއްލަ މެންބަރުންގެ ގޮތުގައި ހިމަނާފައިވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވީ މި ބަދަލާއި އެކު އަމިއްލަ މެމްބަރުންނަށް ދޭ ވަގުތަށް ބަދަލު އަންނާނެ ކަމަށް ވިދާޅުވި އެވެ.

މި މެމްބަރުންނާއި އެކު މަޖިލީހުގައި އަމިއްލަ މެމްބަރުންގެ ގޮތުގައި ތިއްބެވި މެމްބަރުންގެ އަދަދު ވަނީ17 އަށް އިތުރުވެފައި އެވެ.

މިހާރު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ55 މެމްބަރުންނެވެ. ޕީޕީއެމްގެ ފަސް މެމްބަރުން، ޕީއެންސީ ތިން މެމްބަރުން އަދި އެމްއެންޕީ ތިނެއް، ޖޭޕީގެ ދޭއް އަދި އެމްޑީއޭގެ ދެ މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް