ގއ. ދާންދޫގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ޕޮލިހަށް ހާޒިރުކުރި މީހަކު ފިލައިފިއެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭގައި ހައްޔަރު ކުރި މީހަކު ފިލާފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރޭ ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި އިން މީހަކު 12:57 ހާއިރު ފިލާފައިވާތީ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އެމީހާގެ އިތުރު މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ފިލައިގެން އުޅޭ މީހެއްކަމުން އެމީހާ ހޯދުމަށް ވަނަވަރު ފަހުން ހާމަކުރާނެކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް