ހަށިވިއްކި މައްސަލައިގާ ހައްޔަރުކުރި 13 މީހުންގެ ބަންދަށް 15 ދުވަސް

ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި 13 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ދުވަހަށް މައުލޫމާތުދެމުން ފުލުހުން ރޭގައި ބުނީ އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިން...

22 May 2023 | 03:52

ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި 13 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ރޭގައި ބުނީ އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެންމެންނަށްވެސް 15 ދުވަހުގެ ބަންދު މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.

މި މައްސަލައިގާ 13 މީހަކު ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެރޭ މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކުރި ކަމަށާއި އެއީ ބަންގްލަދޭޝް 8 ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނެއް އަދި ތައިލެންޑް 4 އަންހެނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް