ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ހަސަން (ސެންޓަރު ހަސަން) ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ.
އޭނާ އަކީ އެ ހޮސްޕިޓަލުގެ ސީނިއާ ލެބޯޓްރީ ޓެކްނީޝަން އެވެ. ނިޔާވި އިރު އުމުރަކީ49 އަހަރެވެ.
ކޭއާރުއެޗުން ބުނީ، އެތަނުގައި ވަޒީފާ އަދާކުރައްވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ހަސަން ނިޔާވީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާއަށް ފަރުވާދޭން ފެށީ ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ފުޓުބޯޅަ ކުޅެން ހުއްޓައި ވެއްޓުމުންނެވެ.
ހޮސްޕިޓަލުގެ ހިދުމަތުގައި ހަސަން އުޅުއްވާތާ 25 އަހަރު ވެއްޖެ އެވެ. އޭނާ ވަނީ އެ ހޮސްޕިޓަލުގެ ވެރިއެއްގެ މަގާމާއި ޒިންމާދާރުވެރިޔާގެ މަގާމު ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވައިފަ އެވެ.
އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވި ހަސަން ނިޔާވުމަކީ ސިއްހީދާއިރާއަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ހޮސްޕިޓަލުން ނެރުނު ތައުޒިޔާގެ މެސެޖުގައިވެ އެވެ.
އޭނާގެ ބައްޕައަކީ އެ ހޮސްޕިޓަލަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވި ހަސަން އަހުމަދު (ސެންޓަރު ހަސަންބެ) އެވެ. އޭނާ ނިޔާވީ މިދިޔަ ފެބްރުއަރީ މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް