ޝަހުބާންގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފި

މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާަން ފަހުމީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ. ޝަހުބާންގެ މައްސަލަ އެ ކޮމީޓީއަށް ހުށަހެޅުއްވީ ވިލިމާލޭ ދާއި...

22 May 2022 | 16:19

މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާަން ފަހުމީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ޝަހުބާންގެ މައްސަލަ އެ ކޮމީޓީއަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ. ޝަހުބާންގެ މައްސަލަ ހުށަހަޅަން ނިންމީ އޭނާގެ މައްޗަށް ކުރާ މަނޯލޯންޑަރިންގެ ތުހުމަތާއި ގުޅިގެންނެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އުޝާމް ވިދާޅުވީ މުޖުތަމައު ގަބޫލުކުރާ މިންގަނޑުން އަބުރުވެރި އަހްލާގް ރަގަޅު މީހެއްކަމަށްވުމަކީ މީޑިއާ ކައުންސިލްގެ މެންބަރުކަމުގެ ސިފަތަކުގެ ތެރޭގައި ގާނޫނުގައި ހިމެނޭކަމެއް ކަމަށެވެ. އުޝާމް ވިދާޅުވީ މަނީ ލޯންޑަރިންގެ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތެއް ކަމަށެވެ.

އެހެން ކަމުން ގާނޫނުގަ ބުނާ ސިފައެއް އުނިވުމަކީ މަގާމުން ވަކިވާނެ ހާލަތެއް ކަމަށް ވިދާޅުވި އެވެ.

https://twitter.com/a_usham/status/1528327377121845248

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ޝަހުބާންގެ އިތުރުން އޭނާގެ ބޭބެ، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ވެސް ކުރެ އެވެ.

އެ މައްސަލައިގައި ދެ މީހުން ވެސް ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. ފުލުހުންގެ މި ތުހުމަތަށް ޝަހުބާން ވަނީ އިންކާރު ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް