ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފު ކުރުުގެ ޕްރޮގްރާމެއް ފަށައިފި އެވެ. ސްޓެލްކޯއިން ބުނީ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި، ސާފުތާހިރު މަސައްކ...

22 May 2022 | 16:12

ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފު ކުރުުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި، ސާފުތާހިރު މަސައްކަތުގެ މާހައުލެއް ކަމުގައި ކަށަވަރު ކޮށްދިނުން ކަމަށެވެ. މި ޕޮރޮގްރާމްގެ މި އަހަރުގެ ޝިޔާރަކީ "ރައްކާތެރި މަސައްކަތުގެ މާހައުލެއް – ހިދުމަތް ދިނުމުގެ ރޫހް" އެވެ.

މި ޕްރޮގްރާމްގެ ދަށުން، ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ހުރި އާންމު ކުނިތައް ނައްތާލާނެ އެވެ. އަދި ބޭނުން ނުހިފޭ ކަރަންޓު ކޭބަލާއި، ދަނގަޑާއި، އެނޫންވެސް ނީލަން ކިޔޭނެ ހާލަތުގައި ހުރި ތަކެތި ދެނަގަނެ، އެތަކެތި ނީލަން ކިއުމުގެ ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް މައުލޫމާތުދެ އެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އއެވެ. މިރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ތިމާ ދިރިއުޅޭ ތަނާއި އެކު، މަސައްކަތް ކުރާ ތަނެއްގެ ސާފުތާހިރުކަމާއި އަދި ތަރުތީބުކަމަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި މި އަހަރުގެ ބަޔޯޑައިވާރސިޓީ ދުވަހާ މިއަދު ދިމާވުމުން، ބަޔޯޑައިވާރސިޓީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ބިލްޑިން ޝެއާޑް ފިއުޗާ ފޯ ލައިފްކަމަށްވާއިރު، އެންމެން އެކުވެގެން ދިރުންތައް ރައްކާތެރި ކުރުމަށް މުސްތަގުބަލަށް ކަންކަން ރޭވުން މުހިންމު ކަމަށެވެ.

މީގެ އިތުރުން އެންމެ މާތް މަހުލޫގުންނަކީ، އިންސާނުންނަށް ވާއިރު ދުނިޔޭގައި ލައްވާފައިވާ ހުރިހާ ދިރުމެއް ވެސް ވަނީ އިންސާނުންނާއި ގުޅިފައި ކަމަށާއި، އެހެން ކަމުން އެ ދިރުންތައް ރައްކާތެރި ކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެންމެން މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވި އެވެ

ޝަރީފު ވިދާޅުވީ ދުވާލުގެ މަސައްކަތުން 8 ގަޑިއިރު ވަޒީފާގައި ހޭދަ ކުރާއިރު ތަނުގެ ސާފުތާހިރުކަން ދަމަހައްޓަން ތިބީ އެތަނެއްގައި މަސައްކަތް ކުރާ ބައެއްކަން ފާހަގަކޮށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ އެންމެ ބޮޑު އެދުމަކީ އެންމެން އެކުގައި މި މަސައްކަތް ކުރުން ކަމަށެވެ.

މިޕްރޮގާމްގެ ދަށުން ކުރެވޭ މިފަދަ މަސައްކަތްތަކަކީ އެންމެ ދުވަހަކު ކުރާ މަސައްކަތަކުން ނިމިގެންދާނެ ކަމެއްގެ ގޮތުގައި ނުބާއްވާ، ހުއްޓާނުލާ ކުރިއަށްގެންދާ މަސައްކަތަކަށް ހެދުމަށް ސްޓެލްކޯއިން ވަނީ ނިންމާފަ އެވެ. އަދި ކުނި އުކާލުމާއި ނައްތާލުމަށް ހާއްސަ ނިޒާމެއް ގާއިމުކުރެވި އެ ނިޒާމްގެ ތެރެއިން ކުނި އިތުރުވިޔަ ނުދިނުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ވަނީ ސްޓެލްކޯއިން ހިދުމަތްދޭ 35 އިންޖީނުގޭގައި އެއްފަހަރާ ކުރިއަށް ގެންގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް