އިންޑިއާގައި 300 ފޫޓޫ ފުން ވަޅަކަށް ވެއްޓުނު ހަ އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތް ކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ޕަންޖާބު ސްޓޭޓްގެ ހޮޝިއަރްޕޫރުގެ ބަޑްރީވާލާ ވިލެޖުގައި އެވެ.
އެ ކުއްޖާ ވަޅަށް ވެއްޓުނީ މިއަދު ހެނދުނު ނުވައެއް ޖަހާކަށް ހާއިރު އެވެ.
އެ ކުއްޖާ ސަލާމަތް ކުރީ ނުވަ ގަޑިއިރުގެ މަސައްކަތުންނެވެ. ރެސްކިއު ޓީމާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ކުއްޖާ ތާށިވެފައި އޮތީ އެ ވަޅުގެ 65 ފޫޓު އަޑީގައި އެވެ.
އެކުއްޖާ އެހާއިރު އެ ވަޅުގައި ހޭދަ ކުރި އިރު ކުއްޖާއާ ހަމަށް އޮކްސިޖަން ފޯރުކޮށްދިނީ ހޮޅިއެއް ބޭނުން ކޮށްގެންނެވެ. އެކަމަކު ކުއްޖާ ގިނަ އިރު ވަޅުގައި ތާށިވެފައި އޮންނަން ޖެހުމުން ސަލާމަތް ކުރި އިރު ހޭވެރިކަން ނެތް ކަމަށްވެ އެވެ. މިހާރު އެ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލެއްގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ކުއްޖާ ވަޅަށް ވެއްޓުނީ ވަލު ކުއްތާއެއް ފަހަތުން އަޅައިގަތުމުން ސަލާމަތްވާން ދުވަނިކޮށެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް