ށ. ނޫމަރާގައި އަނިޔާވެރި ގޮތަކަށް އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ މަރާލިކަން އެ ކުއްޖާގެ މަންމަ ށ. ފުނަދޫ، ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވެއްޖެ އެވެ.
ރަހުމު ކުޑަގޮތަށް އޭނާ ދަރިފުޅު މަރާލީ2016 ވަނަ އަހަރު އެވެ. މި މައްސަލައިގަ ޝާހިދާގެ މައްޗަށް ދައުލަތުން ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.
ޝައިހާއަށް ލިބިފައިވާ ޒަހަމްތަކަށް ބަލާއިރު، ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ޝާހިދާ ވަނީ ހަމަލާ ދީފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ މައްސަލައިގައި ހުރި ހެކި ގަރީނާތަކަށް ބަލައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
ދެން އޮންނާނީ މި މައްސަލައިގައި އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ. ވާރިސުންގެ ބަސް ނެގުމަށް އަޑުއެހުމެއް ބާއްވަން ތާވާލު ކޮށްފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިމައްސަލައިގައި ޝާހިދާގެ މައްޗަށް ހުކުމް ކުރުން ވެސް އޮންނާނެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން މީގެ ކުރިން ވިދާޅުވެފައިވަނީ ޝާހިދާއަކީ ނަފްސާނީ މައްސަލަތަކެއް ހުރި މީހެއް ކަމަށް ބުނެ ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހަދައި ސައިކޭޓްރިސްޓްއަކަށް ވެސް ދައްކާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް