މޯލްޑިވިއަންގެ ހާއްސަ ޕްލައިޓުތަކެއް އީދު ބަންދުގައި ބެންކޮކަށް

ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް ތައިލެންޑްގެ ބެންކޮކަށް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. މޯލްޑިވިއަނުން ބެންކޮކަށް ތާވަލުކުރީ ދެ ފްލައިޓެކެވެ. އެއީ ޖުލައި 1...

22 May 2022 | 09:12

ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް ތައިލެންޑްގެ ބެންކޮކަށް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މޯލްޑިވިއަނުން ބެންކޮކަށް ތާވަލުކުރީ ދެ ފްލައިޓެކެވެ. އެއީ ޖުލައި 10 އަދި ޖުލައި 17 އެވެ.

މޯލްޑިވިއަނުން މިއަދު ބުނީ އީދަށް ހާއްސަ ފްލައިޓުތަކެއް ބެންކޮކަށް ތާވަލުކުރީ، އަންނަ މަހުގެ 19 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓާޑާއި ލިވަޕޫލް ކުޅޭ މެޗާ ވެސް ގުޅުވައިގެން ކަމަށެވެ. ތައިލެންޑަކީ ދިވެހި ގިނަ ސަޕޯޓަރުންތަކެއް ތިބި ގައުމަކަށް ވެފައި، ރާއްޖެއާ ކައިރި ގައުމެއްގައި އެ ފަދަ މެޗެއް ކުޅޭއިރު، ގިނަ ބަޔަކަށް އެ މެޗު ބަލާލަން މަގުފަހި ކޮށްދިނުމަކީ އެއް މަގުސަދު ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.

މިދަތުރުތަކުގެ ރިޓާން ފެއާގެ ފެށޭ އަގަކީ މާލެ އިން ބެންކޮކަށް 430 ޑޮލަަރު، ބެންކޮކުން މާލެ އަށް 421 ޑޮލަރެވެ.

ޕްރިމިއާ ލީގުގެ ޕްރީ ސީޒަން ފްރެންޑްލީއެއްގެ ގޮތުގައި ކުޅޭ މެޗު ބެލުމަށް ގިނަ ދިވެހިންތަކެއް ދާނެ ކަމަށް މެޗު އިންތިޒާމުކުރާ ބެންކޮކްގެ ކުންފުނިން ބުނެފައި ވެ އެވެ.

މޯލްޑިވިއަނުން ވަނީ ބޮޑު އީދަށް ހާއްސަކޮށް މެލޭޝިއާއަށްވެސް ހަތަރު ދަތުރު ކުރުމަށް ނިންމާފަ އެވެ. މިދިޔަ ކުޑަ އީދުގައިވެސް މޯލްޑިވިއަންއިން ވަނީ މެލޭޝިއާއަށް ހާއްސަ ދެ ދަތުރު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް