ދުވަސްވީ އަންހެނަކު މަރާލައިގެން، ސޫދާންގައި ކަންބަޅިއެއް ތިން އަހަރަށް ޖަލަށް ލައިފި

ދެކުނު ސޫދާންގެ ޓައުނެއްގައި ދުވަސްވީ އަންހެނަކު މަރާލައިގެން ކަންބަޅިއެއް ތިން އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ. ރުމްބެކް ކިޔާ އެ ޓައުނުގެ ސިވިލް ކޯޓުން ކުރި ހުކުމުގައި ކަންބަޅި ތިން އަހަރަށް ޖ...

22 May 2022 | 08:58

ދެކުނު ސޫދާންގެ ޓައުނެއްގައި ދުވަސްވީ އަންހެނަކު މަރާލައިގެން ކަންބަޅިއެއް ތިން އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

ރުމްބެކް ކިޔާ އެ ޓައުނުގެ ސިވިލް ކޯޓުން ކުރި ހުކުމުގައި ކަންބަޅި ތިން އަހަރަށް ޖަލަށް ލުމުގެ އިތުރުން ފަސް ގެރި ޖޫރިމަނާ ކުރުމަށް ނިންމާފައިވެ އެވެ. އެ ގެރިތައް ޖޫރިމަނާ ކުރީ އެއީ ކަންބަޅީގެ ބެލެނިވެރިން ކަމަށްވާތީ އެވެ.

އެ ކަންބަޅި، މުސްކުޅި އަންހެން މީހާ މަރާލި ކަމަށްވަނީ މިދިޔަ ހަފްތާގައި އެވެ. އެ އަންހެން މީހާ މަރުވީ ކަންބަޅި އެމީހާއަށް ހަމަލާދީ އެމީހާގެ މޭމައްޗަށް އަރައިގެން ފުމެ ހެދުމުންނެވެ.

ސޫދާނުގެ ގާނޫނުތައް ބުނާގޮތުން މީހުންނަށް ގެއްލުންދޭ ޖަނަވާރު އެކުރި އަމަލެއްގެ ޒިންމާ ނަގަން ޖެހެ އެވެ. އަދި ގެއްލުން ލިބުނު އާއިލާއަކަށް ބަދަލު ދޭން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް