ވިލިނގިލި ލޯންޗު އެކްސިޑެންޓު، ހާލު ސީރިއަސް ތިން މީހުން މާލެ ގެނެސްފި

ގއ. ވިލިނގިލީގައި ރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވެގެން ސހާލު ސީރިއަސްވި ތިން މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ 7:15 ހާއިރު ވިލިނގިލީ ފަޅަށް ފަސް މީހުންނާ...

22 May 2022 | 06:29

ގއ. ވިލިނގިލީގައި ރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވެގެން ސހާލު ސީރިއަސްވި ތިން މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 7:15 ހާއިރު ވިލިނގިލީ ފަޅަށް ފަސް މީހުންނާއި އެކު އެ ލޯންޗު ވަންނަން އުޅުމުގެ ތެރޭގައި ފަރުގައި ޖެހިގެންނެވެ. ލޯންޗު ފަރުގައި ޖެހުނު ވަގުތު ލޯންޗުން ދަތުރު ކުރި ދެ މީހަކު މޫދަށް ވެއްޓުނެވެ.

އެމީހުން ހޯދައިގެން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައި އެވެ.

މި ހާދިސާގައި އަނެއް ތިން މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބުނު އިރު ރޭ ދަންވަރުގެ ވަގުތެއްގައި ތިން މީހުން ވަނީ މާލެ ގެނެސްފަ އެވެ. ފުރަތަމަ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މ ިހާރު ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗުގައި އެވެ.

ތިން މީހުންގެ ބޮލާއި މޫނު މައްޗަށް ސީރިއަސް އަނިޔާތަކެއް ވެފައިވެ އެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި އެވެ.

ރޭގެ ލޯންޗު އެކްސިޑެންޓުގައި މަރުވެފައިވަނީ ވިލިނގިލީ އުމުރުން37 އަހަރުގެ މިސްބާހު އަބްދުލް މުހްސިން އާއި ނ. ލަންދޫ އުމުރުން27 އަހަރުގެ މުހައްމަދު ޝާފިއު އެވެ.

އެ ލޯންޗު ވިލިނގިއްޔަށް ދިޔައީ އެ އަތޮޅުގައި ހިންގާ ޕުލްމަން މޯލްޑިވްސް ރިސޯޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް